
ރާއްޖޭގައި މޫދުކުޅިވަރު ހަރަކާތްތަކެއްގައި ފަތުރުވެރިން ހަރަކާތްތެރިވަނީ
މޫދަށް ފައިބާ ފަތުރުވެރިން މަރުވުން އިތުރުވުމާ ގުޅިގެން ސަމާލުވުމަށް އެދިއްޖެ

ޔޫޝައު ހަސަން - 14 މާރިޗު 2023 - 08:35
މި ފަހަކަށް އައިސް މޫދަށް ފައިބާ ފަތުރުވެރިން މަރުވުން އިތުރުވެފައިވާތީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ފެސިލިޓީއަަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، ފަހަކަށް އައިސް ކަނޑުމަތީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިނގާ ހާދިސާތައް އިތުރުވަމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށައި އެހެންކަމުން ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ފެސިލިޓީތަކުން ފެތުމާއި، ސްނޯކްލިންގް އާއި މޫދާއި ގުޅުން ހުރި ހަރަކާތްތަކުގައި މިހާރު އަމަލު ކުރަމުންދާ ރައްކާތެރި ޕްރޮޓޯކޯލްތައް ތަންފީޒު ކުރަމުންދޭތޯ ކަށަވަރު ކުރުމަށް ހަނދާންކޮށްދޭ ކަމަށް އެ ސާކިއުލާގައި ވެއެވެ.
މޫދު ކުޅިވަރުތައް ކުޅުމަށް ފަތުރުވެރިން ގެންދިއުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އެޅިގައިވޭތޯ ޗެކް ކުރުމަށް ވެސް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ އިރުޝާދު ދީފައެވެ
އަދި ފަތުރުވެރިން ގޮވައިގެން މޫދު ކުޅިވަރުތަކުގައި އުޅޭ މުވައްޒަފުންނަށް ރައްކާތެރިކަމާއި ގުޅޭ ތަމްރީން ސެޝަންތައް ބޭއްވުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.
ހުރިހާ ފަތުރުވެރިންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް އެ މިނިސްޓްރީން ވަނީ ފެސިލިޓީތަކުގެ އިސްބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


