
ގޯލް ޖެހުމަށްފަހު ސެވިއްޔާ ކުޅުންތެރިން އުފާފާޅުކުރަނީ
ޔުނަޓެޑް ކަޓުވާލުމަށްފަހު ޔޫރޮޕާ ލީގުގެ ސެމީއަށް ސެވިއްޔާާާ !

އަހުމަދު ލައްމާހު އަޒީޒު - 21 އޭޕްރީލު 2023 - 05:04
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ސެވިއްޔާގެ އަމިއްލަ ދަނޑުގައި މެންޗިސްޓާ ޔުނައިޓަޑް ބަލިކޮށް ސެވިއްޔާއިން، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިިފި އެވެ.
ސެވިއްޔާގެ އަމިއްލަ ދަނޑު ރަމޮން ސަންޗޭޒް ޕިޒްޖުއާން ގައި ރޭ ކުޅުނު މެޗުން ސެވިއްޔާ މޮޅުވީ 3-0 އިންނެވެ. މިރޭ ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ މެޗުގެ ކުރިން މެންޗިސްޓާގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މިއާ އެކު ސެވިއްޔާ ސެމީ އަށް ދަތުރުކުރީ 2-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުނައިޓަޑް ބަލި ކޮށްގެންނެވެ.
ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި މެޗުގެ ލީޑު ނަގައި ކުރިހޯދީވެސް ސެވިއްޔާ އިންނެވެ. މި ގޯލު މެޗުގެ 8 މިނިޓުގައި ކާމިޔާބުކޮށްދިނީ ޔޫސެފް އެން ނެސީރީ އެވެ. ދެވަަނަ ހާފު މެންޗެސްޓާ ޔުނައިޓެޑުން ބަދަލުތަކަކާއެކު ފެށިއިރު، ދެވަަނަ ހާފުގެ 47 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ގޯލެއްޖަހައި ނަތީޖާ އިތުރަށް ފުޅާކޮށްދީފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލޮއިކް ބަޑޭ އެވެ.
މި މެޗުގައި ސެވިއްޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މޮރޮކޯގެ ފޯވާޑް ޔޫސެފް އެން ނެސީރީ އެވެ.
ސެމީ ފައިނަލުގައި ސެވިއްޔާ ވާދަކުރަންޖެހެނީ އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން