ސްޓެލްކޯގެ 4 މުވައްޒަފަކަށް ހައްޖާއި އުމްރާ ދަތުރެއް!
އަހުމަދު ޒަލީފު - 09 މާރިޗު 2023 - 16:31
ސްޓެލްކޯގެ 4 މުވައްޒަފަަކަށް ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތު ދިނުން
ސްޓެލްކޯގެ 4 މުވައްޒަފަކަށް މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު ދީފިއެވެ.
ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމަށް ބޭއްވި ހަފްލާގަ އެވެ.
ސްޓެލްކޯއިން މި އަހަރުގެ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންގެ ތެރެއިން، ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުންނެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ހައްޖުގެ ފުރުސަތަށް އެދި ހުށައެޅި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޢަބްދުﷲ ޝަރީފް އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ޙަދީޖާ ތައުފީޤްއެވެ.
ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން