logo
—-

—-

ވައްތީނި: ސިއްޚީ އެތައް ފައިދާއެއް ލިބޭ މޭވާއެއް

profile

އަހުމަދު ޒަލީފު - 13 ފެބްރުއަރީ 2023 - 19:00

ވައްތީނިއަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ ހަށިގަނޑަށް ބޭނުންވާ ތަފާތު ބައިތައް އެކުލެވޭ އަނގަޔަށް މީރު މޭވާއެކެވެ. ތާޒާ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވައްތީނިއަކީ ހިއްކައިގެންވެސް ކެއުމުގައި ބޭނުންކުރާ މޭވާއެކެވެ.

https://wamco.com.mv/

ވައްތީނިން ލިއްބައިދޭ ސިއްޚީ ފައިދާތައް ވަރަށް ގިނައެވެ.

- ކެންސަރު ބައްޔާއި ދުރުކޮށްދިނުން: އެގޮތުން ވައްތީނީގައި އެކުލެވޭ ފައިބަރުގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ.

- ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ: ވައްތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

- ހަކުރު ބައްޔަށްވެސް ފަރުވާއެއް: ވައްތީނީގައި އެކުލެވޭ ފައިބަރ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

- ކަށިތައް ވަރުގަދަވޭ: ވައްތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. މިކަމުގެ ސަބަބުން އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެއެވެ.

- ސަރުބީގެ މިންވަރު ދަށްކޮށް ބަރުދަން ލުއިކުރުމަށްވެސް އެހީއެއް: ވައްތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. އަދި ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބަރ މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

- ޖިންސީ ގޮތުން ކުރިމަތިވާ ބަލިމަޑުކަމަށް ފަރުވާއެއް: އެގޮތުން ޖިންސީ ވަޅޯކަން ކުރިމަތިވާ ފަރާތްތަކުން ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ބޭނުންކުރަމުން ގެންދިޔުމުން ޖިންސީ ވަޅޯކަމަށް ހައްލެއްލިބި ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.

މަސްދަރު: ދި އިސްލާމް

https://wamco.com.mv/
https://eportal.mwsc.com.mv/e-pay