އޭޓީއާރުގެ އިތުރު ބޯޓެއް ގެންނަނީ
އަހުމަދު ޒަލީފު - 29 ޖެނުއަރީ 2023 - 11:50
އޭޓީއާރުގެ ބޯޓެެއް
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރުމަށް ހަމަޖެހިފައިވާ އޭޓީއާރުގެ 3 ބޯޓުގެ ތެރެއިން، ފަހު ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން ގެންނަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. މީގެތެރެއިން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ރާއްޖެ ގެނެސް ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް މަތިންދާ ބޯޓު މަރާމާތު ކުރަން ގްރައުންޑުކޮށްފައި އޮތުމުގެ ސަބަބުން އެ ކުންފުނީގެ ފަސިންޖަރުންނަށް ހިދުމަތް ދޭން ދަތިތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ ގެނައި އޭޓީއާރުގެ ދެ އެއާކްރާފްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ ވޯޓާ ސެލިއުޓާއެކު ވަނީ މަރުހަބާ ކިޔައިފައެވެ. މި ބޯޓުތަކަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ބޭއްވި ހާއްސަ ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވިއަން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަނުން ބުނީ މި 2 ބޯޓު މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިދިޔަ އަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.
އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން