
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: މަޖިލިސް
މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 08:00
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ވަޒީރުންނާއި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދައުލަތުގެ އިސް މަގާމުތަކުގެ މުސާރައިގެ ފަރަގު ކުޑަކޮށް، އިންސާފުވެރި ހަމައެއް ގާއިމުކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީން އެކުލަވައިލި މި ރިޕޯޓު ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ ޖުމުލަ އާމްދަނީ 95،125 (ނުވަދިހަ ފަސްހާސް އެއްސަތޭކަ ފަންސަވީސް) ރުފިޔާއަށް އަރާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން، ކޮންމެ ވަޒީރެއްގެ މުސާރައާއި އެލަވަންސްތަކުގެ ޖުމުލަ 75،500 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
މީގެއިތުރުން، ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި ބަދަލާއެކު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާއިން 25،000 ރުފިޔާއަށް، އަދި ކައުންސިލް މެންބަރުންގެ މުސާރަ 18،000 ރުފިޔާ އިން 23،000 ރުފިޔާ އަށް ބޮޑުވެގެންދާނެއެވެ.
މި އިސްލާހުތަކަކީ ދައުލަތުގެ އެންމެ މަތީ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ހަމަހަމަކަމާއި އިންސާފުވެރި އުސޫލުތަކެއް ތައާރަފުކުރުމުގެ މަގުސަދުގައި ގެނެވުނު މުހިންމު ބަދަލުތަކެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
28 މިނިޓު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
29 މިނިޓު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
30 މިނިޓު ކުރިން

ވެރިކަމަށް އަންނަ ކޮންމެ މީހަކަށް ގައުމު ފެންނަނީ އެމީހެއްގެ ބައްޕަގެ ތަރިކަ މުދާގަނދެއްހެން: އަލީ ރަމީޒް
32 މިނިޓު ކުރިން


