logo
ކަޅުބިލަމަހުގެ މަސްވެރިކަން ކުރަނީ---

ކަޅުބިލަމަހުގެ މަސްވެރިކަން ކުރަނީ---

އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 23،000 ޓަނަށްވުރެ ގިނަ މަސް އެކްސްޕޯޓްކުރި

profile

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 11:12

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން 23,000 ޓަނަށް ވުރެ ގިނަ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މި އަދަދުތަކަކީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ހިފެހެއްޓިފައިވާ މިންވަރެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 23,554 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފައެވެ. އެކްސްޕޯޓުކުރި މަހުގެ ތެރެއިން އެންމެ ގިނައީ ފިނިކޮށްފައިވާ އަދި ތާޒާ ކަނޑުމަހެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ތާޒާ އަދި ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު 18,237 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކުރެވުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 51,649 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކުރެވިފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ކަޅުބިލަމަހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 14,404 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓުކޮށްފައިވަނީ 3,430 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޅު މަސް އެކްސްޕޯޓުކުރެވުނު މިންވަރު ކަމަށްވާ 4,081 މެޓްރިކް ޓަނާ އަޅާބަލާއިރު، މިއީ ދަށްވެފައިވާ އަދަދެކެވެ. އެހެންނަމަވެސް، ރާއްޖެއިން ޕްރޮސެސްކޮށްގެން އެކްސްޕޯޓުކުރި މަހުގެ އަދަދު، މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު 12 އިންސައްތަ އިތުރުވެފައިވެއެވެ.

މީގެ އިތުރުން މި މުއްދަތުގައި 1,254 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓުކުރެވުނީ 1,118 މެޓްރިކް ޓަނުގެ މަސްކަން ފާހަގަކޮށްލަންޖެހެއެވެ.

https://wamco.com.mv/
tel:+9607331319