logo

ރޭޕް ކޭސް: ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި

profile

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 09:22

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކެއް ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ބައެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.

https://wamco.com.mv/

ގިނަ ބަޔަކު ބައިވެރިވެގެން، އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައަކާއި އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވީ މި ހިނގާ މަހުގެ މެދުތެރޭގަ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ހާއްސަ ފުލުހުންގެ ޓީމެއް މާލެއިން އެ ރަށަށް ގޮސްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ޖުމްލަ 9 މީހުންނަކީ، އުމުރުން 21 އަހަރުގެ މުހައްމަދު މައިސަން ޝިޔާޒު، 24 އަހަރުގެ އަހުމަދު އިފްތިޝާމް ޒަރީރު، 35 އަހަރުގެ ނަޖުމުﷲ ހަސަން، 24 އަހަރުގެ އާޒިމް މުފީދު، 31 އަހަރުގެ އަލީ ހުޒާމް ސައީދު، 26 އަހަރުގެ މުހައްމަދު ސޯލިހު އަހުމަދު، 20 އަހަރުގެ އަހުމަދު ނޫހު ނިޔާޒު، 20 އަހަރުގެ މުހައްމަދު މިޝަލް އަހުމަދު ޒުހައިރު އަދި 32 އަހަރުގެ އަހުމަދު ސާނިޖު ސޯދިގުއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން މުހައްމަދު ސޯލިހު، މިޝަލް، ނަޖުމުﷲ އަދި ނޫހުގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ 5 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަހުމަދު ނޫހު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން މިޝަލްގެ ބަންދަށް 30 ދުވަސް، ނަޖުމުﷲ ގެ ބަންދަށް 45 ދުވަސް އަދި މުހައްމަދު ސޯލިހާއި ސާނިޖުގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މި މައްސަލާގައި ހިމެނޭ މައިސަން އާއި އާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ފުރަތަމަ ފަހަރަށް ހާޒިރުކުރުމުން ދިން 15 ދުވަހުގެ މުއްދަތު އަދި ހަމަނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ދެން މި މައްސަލާގައި ހައްޔަރުކުރި އިފްތިޝާމް އާއި ހުޒާމުގެ ބަންދަށް ކޯޓުން ވަނީ މީގެ ކުރިން 90 ދުވަހުގެ މުއްދަތެއް ދީފައެވެ.

https://wamco.com.mv/
tel:+9607331319