logo
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ގާއިމުކުރެވިފައިވާ ވަގުތީ ހިޔާއަށް ވަޑައިގެން މޭޔަރ ތަނުގައި ތިބި މުވައްޒަފުންގެ ހާލަތު ބައްލަވަނީ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ގާއިމުކުރެވިފައިވާ ވަގުތީ ހިޔާއަށް ވަޑައިގެން މޭޔަރ ތަނުގައި ތިބި މުވައްޒަފުންގެ ހާލަތު ބައްލަވަނީ

އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު މުވައްޒަފުންނާއި މޭޔަރު ބައްދަލު ކުރައްވައިފި

profile

ޔޫޝައު ހަސަން - 10 ޖެނުއަރީ 2023 - 17:16

އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި ސިޓީ ކައުންސިލުގައި މަސައްކަތްކުރާ 166 މުވައްޒަފަކު ވަގުތީ ހިޔާއަށް ބަދަލުކުރެވިފައިވާއިރު މި ފަރާތްތަކުގެ ހާލަތު ބައްލަވައިލެއްވުމަށްޓަކައި މިއަދު ހަވީު މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުއިއްޒުވަނި ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން އިއްޔަގެ އަލިފާނުގެ ހާދިސާ ހިނގީއްސުރެ، އެ ސަރަހައްދަށްގޮސް މުވައްޒަފުންނާއި ބައްދަލުކޮށް ވަރަށް ގާތުން ހާލުގައި ޖެހުނުނު ބިދޭސީންގެ ކަންކަން މޭޔަރު ބައްލަވަމުން އައިކަން ފާހަގަ ކޮށްލެވެއެވެ.

https://wamco.com.mv/

ނީލަން ފިހާރައިގެ އުތުރުފަޅިން އިމާދުއްދީން ސްކޫލާއިވީ ފަރާތުންފެތުރުނު އަލިފާންގަނޑުގެ އަސަރު މާލޭ ސިޓީ ކައުންސިލްގެ ބިދޭސި މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކަށްކޮށް ގިނަ އަދަދެއްގެ ހިފާފގެންގުޅޭ ތަކެއްޗާއި ބައެއް މުވައްޒަފުންގެ ޕާސްޕޯޓާއި ގިނަ އަދަދެއްގެ ފައިސާވެސް އަނދައިގެންވަނީ ގޮއްސައެވެ.

މާލޭ ސިޓި ކައުންސިލުގެ މޭޔަރ ޑރ މުއިއްޒު ވިދާޅުވާ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަސް ދެ މަސްދުވަހުގެ ތެރޭގައި ދާއިމީ އެކޮމޮޑޭޝަނެއް ޤާއުމުކުރެވިގެން ދާނެއެވެ. އެގޮތުން މިއަދުން ފެށިގެން ދާއިމީ އެކޮމޮޑޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާނެ ކަމުގައި އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި މޭޔަރ ވަނީ ވިދާޅުވެފައެވެ.

" ބަލާނީ މަސްދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ގޯތިތެރޭގައި ވިޔަސް އަމިއްލަ ކޮންޓްރޯލްގައި މުވައްޒަފުން ބޭތިއްބޭނެ ދާއިމީ ސެޓަޕެއް ހެދުމަށް" މޭޔަރ ވިދާޅުވިއެވެ.

ގާތްގާތުގައ ރާއްޖޭގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންދާއިރު މި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި ކަމާއި ބެހޭ ފަރާތްތައް މިހާތަނަށް ނުކުޅެދިފައިވާއިރު، މިފަދައިން ދިމާވާ އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ވަނީ ރައްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދާދި ފަހުން މާލޭގެ ގަރާޖެއްގައި ރޯވެ މިހާތަނަށް ރާއްޖޭގައި ހިނގި އަލިފަނުގެ އެންމެ ނުރައްކާތެރި ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީންގެ ފުރާނަ ގެއްލިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެއާއެކު ބިދޭސީންގެ ހައްގުތަކާއި ރައްކާތެރިކަމާއި ބެހޭ ވާހަކަތައް އެދުވަސްވަރު ވައިގެ ތެރޭގައި ހިފާލި ނަމަވެސް މަޑުމަޑުން ގޮސް މިހާރު އެއިން ވާހަކައެއްވެސް ނުދެކެވޭކަން ފާހަގަ ކޮށްލެއެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ދެނެގަތުމަށް، ބޭރުގެ ފޮރިންސިކް ޓީމެއް ގެނެސްގެން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ނީލަން ފިހާރައިގައ ރޯވި ހާދިސާގައި މުޅި ފިހާރަ އަނދައި އަޅިއަށްވެ 3 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay