logo
ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހާލުގައި ޖެހިފަ

ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހާލުގައި ޖެހިފަ

ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި 289 ބިދޭސީން ހާލުގައި ޖެހިއްޖެ!

profile

ޔޫޝައު ހަސަން - 09 ޖެނުއަރީ 2023 - 06:08

ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 289 ބިދޭސީއަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފި އެވެ.

https://wamco.com.mv/

އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ 133 ބިދޭސީއަކު ވަގުތީގޮތުން އިމާދުއްދީން ސްކޫލްގައި ބައިތިއްބާފައިވާ ކަމަށެވެ.

އަދި ރެންބޯ ކުންފުންނީގެ ހަވާލުގެ ދަށުން މަސައްކަތްކުރާ 156 ބިދޭސީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން މައުލޫމާތު އަދިވެސް ހޯދަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުން އަންނައިރު، މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ކުރިން ވެސް ދޭތެރެދޭތެރެއިން އެތަނުގައި އަލިފާން ރޯވެފައި ވެއެވެ.

ގާތް ގާތުގައި ރާއްޖޭގައި އަލިފާނުގެ ބޮޑު ތިން ހާދިސާއެއް ހިނގާފައިވާއިރު މި މައްސަލަތައް ހާއްސަ ތަހުގީގަކުން ކުރިއަށް ގެންދާ ކަމުގައި ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay