logo
ވިލިމާލެއަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ބަސް

ވިލިމާލެއަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ބަސް

ވިލިމާލެ އަށް ބަހެއް ބޭނުމެއް ނުވޭ، މިއީ ޖެއްސުން ކުރުން: މުއިއްޒު

profile

ޔޫޝައު ހަސަން - 17 ޖެނުއަރީ 2023 - 15:53

ވިލިމާލޭގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރޮނިކް ބަސްތަކެއް ބޭނުން ނުވާ ކަމަށާއި އެ އަވަށުގެ ރައްޔިތުން ބޭނުން ވަނީ ބަގީތަކެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް މާލެ ސިޓީ އަށް ފޯރުކޮށް ދިނުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ތައްޔާރުވެ އެކަން ވަނީ ހަމަކޮށްފައެވެ. އެގޮތުން އެމްޓީސީސީން ބޭނުން ކުރާނީ އިލެކްޓްރޮނިކް ހަ ބަހެވެ.

މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެ ހެން ސީޓް ހަރުކޮށްފައިވެއެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެއެވެ. އެއާއެކު، މި ބަހުން އެއްފަހަރާ 15 މީހުންނަށް ދަތުރު ކުރެވޭނެއެވެ. ވިލިމާލެއަށް ބަސްތަކެއް މި ގެންނަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ ރަށުގައި ބަގީގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައި ވަނިކޮށެވެ. ބަގީތައް މި މަހުގެ ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން ނިންމާފައި ވަނީ އަންނަ މަހުއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލޭގެ ޕަބްލިކް ޓްރާންސްޕޯޓަކަށް ބަސްތަކެއް އަރުވާކަށް ވިލިމާލެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ކައުންސިލުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބަގީގެ ހިދުމަތް ފެށުމަށް ތައްޔާރީތައް ނިމިފައި އޮއްވާ ސަރުކާރުން މި ކުރަން އުޅޭ ކަމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ ކުރިން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ބަގީގެ ހިދުމަތް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ޓުވީޓުތަކުގެ ތަފްސީލް ދެއްވައި މުއިއްޒު "ވަގުތަށް" ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު ނިންމާފައިވާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ މީހުން ނަގަން ވެސް މާލެ ސިޓީ ކައުންސިލުން މިހާރު އޮތީ ތައްޔާރުވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދެނީ ޓްރާންސްޕޯޓާ މަޝްވަރާކޮށް އެ މިނިސްޓްރީގެ ހުއްދަ ވެސް ލިބިގެންނެވެ. އުސޫލުގެ ތެރެއިން ރަނގަޅަށްދާ ކަމެއްގައި ކުއްލިއަކަށް އިލެކްޓްރިކް ބަސްތަކެއް ވިލިމާލެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި މިއީ ކައުންސިލަށް ޖެއްސުން ކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށް ވެސް މުއިއްޒު ތުހުމަތު ކުރެއްވިއެވެ.

"ތަހުޒީބު މުޖުތަމައުއެއްގައި ނުކުރާނެ އެކަންކަން، އަނެއްކާ ކަމާބެހޭ ވުޒާރާ އިން ހުއްދަ ދީގެން މި ކަން ކުރަނީ. ލިޔެކިޔުމުން ހުއްދަ ދިނީ، އަނގަ ބަހުން ވެސް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

Vilimale akah public transport basthakeh aruvaakah vilimale rayyithun beynumehnuvey. Council in rayyithunge visnumaa eggothah buggy service feshumah hurihaa thayyaree ehve nimifai ovvaa sarukaarun mi kuran ulhey kamakee Laamarukazee nizaamaaa beerattehi naathahzeeb amaleh.

— Dr Mohamed Muizzu (@MMuizzu) January 17, 2023" target="_blank">

މާލެ ސިޓީ ކައުންސިލުން ވަނީ ބަލި މީހުން އުފުލޭ ކަހަލަ ބަގީ އާއި މުދާ އުފުލޭ ގޮތަށް ހުންނަ ބަގީ އާއި މީހުން އެރުވުމަށް އެކި ސައިޒްތަކުގެ ބަގީތައް ގެނައުމަށް ނިންމައިފައެވެ. ސިޓީ ކައުންސިލުން ނިންމާފައި އޮތީ ބަގީގެ ހިދުމަތް ވަރަށް ކުޑަ އަގެއްގައި 24 ގަޑިއިރު ދިނުމަށެވެ.

"މިހާ ރަނގަޅަށް އިންތިޒާމުވެގެން އައިސް ފެށޭ ހިސާބުގައި މިއޮތީ. ދެން ކޮން ކަމެއް އެ އަވަށަށް ބޮޑެތި ބަސްތަކެއް އަރުވަން؟ ކުރަން ނުޖެހޭ ކަމެއް ކީއްކުރަން މިއުޅެނީ؟ ކައުންސިލަށް ޖެއްސުން ކުރުން ނުވަތަ ރައްޔިތުންނާ ދެކޮޅަށް ކުރެވޭ ކަމެއް މިއީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުން ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރިއަށް ގެންދާ އިރު، ސަރުކާރުން ކުރަން މިއުޅެނީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ކަމެއް ކަމަށެވެ. މިގޮތަށް ކަންކަން ކުރާ ނަމަ، ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގައި އޮންނަނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ކައުންސިލުން ކަންތައްތައް ކުރުމުގެ ބާރު ދީފައި. އެގޮތަށް އޮއްވާ ސަރުކާރުން މި އަންނަނީ އެއާ ނުބައްދަލު، މަތިން އަންނަ އަމުރެއްގެ ދަށުން އަންނަ ކަންކަން." މުއިއްޒު ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay