ބްރޯޑްކާސްޓު ކުރުމުގެ އަމާޒަކަން ވާންވީ ގައުމުގެ ހައްގުގައި ވަކާލާތު ކުރުން: ރައީސް
އައިޝަތު އިނާޝާ - 04 އޮކްޓޯބަރު 2024 - 06:01
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރާއްޖެ އާއި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހެވެ.
ބްރޯޑްކާސްޓިން ދުވެހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންގެ މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގު ވަޒަން ކުރުމެވެ. އަދި މި ސިނާއަތުގެ ކުރިއެރުމަށް ހިތްވަރުދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ދުވަހާ ދިމާކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. އޭގެތެރޭގައި މީޑިއާތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއް ވެސް ހިމެނެއެވެ.
މީގެއިތުރުން "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024" ޑިސެމްބަރުގައި ބޭއްވުމަށްވެސް އެ ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން