logo

އިމިގްރޭޝަންގެ އޮފިސަރުން ކަމަށް ހެދިގެން ފޭރެނީ

profile

އާމިނަތު ޝަފާ - 17 ސެޕްޓެމްބަރު 2024 - 10:32

އިމިގްރޭޝަން އޮފިސަރުންތަކެއްކަމަށް ހެދިގެން އުޅުނު މީހުން

އިމިގްރޭޝަން އޮފިސަރުންތަކެއްކަމަށް ހެދިގެން އުޅުނު މީހުން

އިމިގްރޭޝަން އޮފިސަރުންތަކެއް ކަމަށް ހެދިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.

އެކަން ކުރި ކަމަށްބުނާ ދެމީހުންގެ ފޮޓޯ އާއްމުވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އިމިގްރޭޝަން ޓެގްކޮށް މިއީ އިމިގްރޭޝަނާ ގުޅުންއޮތް ބައެއްތޯ އަހަމުންދަނިކޮށް އިމިގްރޭޝަނުންވަނީ މިއީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަމަށް ބުނެފައެވެ.

އަދި އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށާއި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދިނެވެ.

އިމިގްރޭޝަން އޮފިސަރުން ކަމަށް ހެދިގެން ބިދޭސީންގެ އަތުން ފޭރެމުންދާ މި ދެ މީހުން ހައްޔަރުކޮށް މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއް ކަމަށް ހެދިގެންގޮސް ފޭރުމުގެ އަމަލެއް ހިންގާފައިމިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ބޮޑު އޮޮޕަރޭޝަނެއް ކަމާގުޅޭ މުއައްސަސާތަކުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ސަރުކާރުން ނިންމީ އެ މީހުންގެ ސަބަބުން ދިވެހިންގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުކޮށް މުޖުތަމައަށް އޭގެ ގެއްލުން ލިބެމުންދާތީއެވެ.

ސަރުކާރުގެ މި ނިންމުން ހާމަކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާފުޅު ދެއްވާފައިވަނީ މި ބޮޑު މައްސަލަގައި ސަރުކާރާއި ދައުލަތުގެ އެއްވުޒާރާއާ އަނެއް ވުޒާރާ ގުޅިގެން ރައްޔިތުން އެދޭ އަވަސް ހައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ.

tel:+9607331319