logo

މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން އެހީވެދޭން ތައްޔާރު

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 14:25

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ހަމަޖައްސަން ކުރިން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު ކުރީ ސަރުކާރުން، 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ފަހިވެފައެވެ.

އިގްތިސާދީގޮތުން ރާއްޖެ ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތުގައި އަދި ދިވެހި ސަރުކާރުން އިންޑިއާގެ އެހީއަށް އެދިފައިވާކަމެއް ނޭނގެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ސަރުކާރުން ހާމަކޮށްފައިވާއިރު މި ދަތުރުފުޅުގައި މިކަމުގެ މަޝްވަރާތައް ކުރައްވާނެކަމަށް ބެލެވޭކަމަށްވެސް މީޑިއާ ރިޕޯޓު ބުނެއެެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު ނިމޭއިރު 129 ބިލިއަނަށް އަރާކަމަށް ލަފާކުރެވޭއިރު މަރުކަޒީ ބޭންކުން އަންނަނީ ފޮރިން ކަރަންސީގެ ރިޒާވް ރަނގަޅުކުރުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

tel:+9607331319