logo

ޤައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ޕްރޮމޯޝަނެއް ކުރިއަށްގެންދަނީ

profile

އާމިނަތު ޝަފާ - 01 ސެޕްޓެމްބަރު 2024 - 10:55

އެސްޓީއޯއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ގައުމީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާނެ

އެސްޓީއޯއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ގައުމީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާނެ

ޤައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓުން ފެށިގެން 5 ސެޕްޓެންބަރުގެ ނިޔަލަށްކަމަށާއި މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް އިން ލިބޭނެ ޚާއްޞަ ފުރުޞަތެއްކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މިގޮތުން މިޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް ލިބޭއިރު މީގެ އިތުރުން، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15އިން ސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ.

މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަނެވެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

tel:+9607331319