logo

ހިތަދޫ އެސްޓީއޯ ފިހާރައިގެ އޮޑިޓެއް ހަދަނީ

profile

އާމިނަތު ޝަފާ - 04 ސެޕްޓެމްބަރު 2024 - 19:22

އެސްޓީއޯ މައި އޮފީސް

އެސްޓީއޯ މައި އޮފީސް

އައްޑޫސިޓީ ހިތަދޫ އެސްޓީއޯ ފިހާރައިގެ އޮޑިޓެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝޮޕް އެރާއެއް އަރައިގެން ފިހާރައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މައްސަލައިގެ އިތުރު މައުލޫމާތު ލިބޭނީ އޮޑިޓްގެ މަސައްކަތް ނިމުމުންކަމަށާއި ހިތަދޫ އެސްޓީއޯ ފިހާރައިގައި ހުރި މުދަލުގެ އަދަދު ގުނާ ނިމުނުހާ އަވަހަށް އެ ފިހާރަ ހުޅުވައި އާންމުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފޯރުކޮށްދިނުމެވެ.

އެސްޓީއޯގެ އެކި ފިހާރަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެފައިވާއިރު އެސްޓީއޯއަކީ ސަރުކާރު ކުންފުނިތަކުން އެންމެ ބޮޑު އާއްމުދަނީ ލިބޭ ކުންފުންޏެވެ.


tel:+9607331319