logo

ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 ސެޕްޓެމްބަރު 2024 - 22:10

ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ އުޅަނދު

ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ އުޅަނދު

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެސްޓީއޯ އިން ބުނީ އެންމެ ފުރަތަމަ ބަންކަރިންގެ ހިދުމަތް ދޭނީ އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށް ކަމަށެވެ. އެ ކުންފުނިން ބުނިގޮތުގައި މީގެކުރިން އެ އުޅަނދު ބަންކާކުރަމުންދިޔައީ ސްރީލަންކާ ގަ އެވެ.

އާއްމުކޮށް، މި ސަރަހައްދުގައި ބަންކަރިން ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ނެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ވެފައިވާ ތައްޔާރީތަކާ ގުޅިގެން އެސްޓީއޯ އިން ބުނީ އެ ސަރަހައްދުގައި ބަންކަރިންގެ ހިދުމަތްތަކުގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެ ހިދުމަތް އިތުރަށް ފުޅާކޮށް އިތުބާރުހުރި ހިދުމަތަކަށް ހެދުމާ އެކު މާކެޓް ވެސް ފުޅާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319