logo

ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށް އިލްތިމާސް ކޮށްފި

profile

ޝާމާ ޝުޢައިބު - 11 އޮކްޓޯބަރު 2024 - 16:51

މިއަހަރުގެ  ޖެނުއަރީމަހުގެ ތެރޭގައި މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް:

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް:

މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމުގެ އިތުރުން ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށް ވެސް ސަމާލުކަން ދިނުމަށް ފުލުހުން އެދިފައިވެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ވަނީ މައުލޫމާތު ދީފައެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވެފައި ރާޅުގެ އުސް މިން ހުންނާނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައި ކަމަށް މެޓުން މައުލޫމާތު ދެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319