މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެމީހާ ފެނުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން މޫދުން ކަމަށެވެ. އެމީހާ ފެނުނީ އެ ދިމާ ތޮށިމަތިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެކެވެ. އެމީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ އަނިޔާ ލިބުނީ އުޅަނދެއްގައި ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.