logo

ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގާ ބޮޑެތި އަނިޔާތަކެއް

profile

ޝުރުފާ މުހައްމަދު - 27 ނޮވެމްބަރު 2024 - 21:45

އަނިޔާވެފައިވާ މީހާ ފެންނަ ވީޑިއޯގެ ސްކްރީޝޮޓެއް---

އަނިޔާވެފައިވާ މީހާ ފެންނަ ވީޑިއޯގެ ސްކްރީޝޮޓެއް---

މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގާފައި ވަނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގ އެވެ.

މި މާރާމާރީގައި އަނިޔާވި މީހާ ސްޓެރޗަރއެއްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް ގެންދަނީ އޮކްސިޖަން ވެސް ފޯރުކޮށްދީގެންނެވެ. އަދި ލިބުނު ޒަހަމްތަކުގެ ސަބަބުން ލޭ އޮހޮރެމުންދާތަން ވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނިގޮތުގައި އަނިޔާވެފައި ވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

ިމިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

https://wamco.com.mv/
tel:+9607331319