logo

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ހަފީޒް - 26 ނޮވެމްބަރު 2024 - 11:15

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިހާކު ހައްޔަރުކޮށްފިއެވެ

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުދިމަކު ކަަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ޖިންސީ ގޯނާގެ މައްސަލައެއް ދެކުނު ސެންޓްރަލް ޕޮލިސް ހިމެނޭ ރަށަކުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މިމައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 51 އަހަރުގެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން މިމައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައުލޫމާތު ހާމައެއް ނުކުރެވެއެވެ.


https://int.etukuri.mv/
tel:+9607331319