ވަކި ޖިންސަކަށްވީތީ ތަހައްމަލް ކުރަންޖެހޭ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް ވުޒާރާއަށް ކޮންމެ އަހަރަކުވެސް ހުށަހަޅާ ކަަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެޖެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަކި ޖިންސަކަށްވީތީ ތަހައްމަލް ކުރަންޖެހޭ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް އެެ ވުޒާރާއަށް ކޮންމެ އަހަރަކު ވެސް ހުށަހެޅާ ކަމަށެެވެ.
އަދި ދިވެހި ސަރުކާރުގެ މިހާރުގެ ސިޔާސަތު ކަމުގައިވާ "އޯގާތެރި މުޖްތަމަޢު" އަކީ މިފަދަ އަނިޔާވެރިކަން ނައްތާލުމަށް ކުރާ މަސައްކަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ މިފަދަ އަނިޔާ މަދުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރާވައި ބައްޓަންކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ބާއްވާ 2 ދުވަހުގެ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަތުން.
— Ministry of Social and Family Development (@MSFDmv) November 25, 2024
ވަޒީރުގެ ވާހަކަފުޅުގައި… pic.twitter.com/i0nmG9dC5E
ޤައުމުގައި ދުޅަހެޔޮ ޢާއިލާތަކެއް ޤާއިމުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އެކަމަށް ލިބޭ މުހިންމު ހިތްވަރެއް ކަމުގައިވެސް މިނިސްޓަރު ފާހަގަ ކުރެވިއެވެ.
މި މަހާސިންތާއަކީ އެފް.ޕީ.އޭ 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި މަހާސިންތާގެ ތެރެއިން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.