logo

ފެމިލީ ކޯޓުގެ ޝަރީއަތުން ނުކުތް އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި

profile

މުޙައްމަދު ހަފީޒް - 26 ނޮވެމްބަރު 2024 - 10:59

ފެމެލީ ކޯޓު

ފެމެލީ ކޯޓު

ފަނޑިޔާރުގެ ހުއްދަ ނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު 3 ދުވަހަށް ޖަލަށް ލުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ ފަނޑިޔާރުގެ ހުއްދަ ނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު ތިން ދުވަހަށް ޖަލަށް ލުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެ ކޯޓު ކުރި ހުކުމްގައި ވަނީ ، ޝަރީއަތް ހިނގަމުން ދަނިކޮށް ފަނޑިޔާރުގެ ހުއްދަނެތި ޝަރީއަތުގެ މަޖިލީސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެ ކަަމަށް އަންގާފައި ވަނިކޮށް، ފަނޑިޔާރުގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އެ އަންހެންމީހާ ނުކުމެގެން ގޮސްފައިވާ ކަމަށެވެ.

އަދި އޭނާ އެތަނުން ނުކުމެ ކޯޓުގެ ރިސެޕްޝަންގެ ތެރެއިން، ލީގަލް އޮފިސަރު އިންނަ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދަށް ނުކުމެ، ކޯޓުގެ ހުއްދަ ނެތި ކޯޓުން ނުުކުމެގެން ގޮސްފައިވާ ކަަމަށްވެސް ހުުކުމްގައި ވެއެވެ.

މިއާއެކު އޭނާ ޝަރީއަތުގެ ނިޒާމާއި ހިލާފުވެފައިވާތީ އާއި ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ.


https://wamco.com.mv/
tel:+9607331319