logo

ހަންކެޑެ ބްރިޖް ނިންމައި ސަރުކާރާ ހަވާލުކޮށްފި

profile

އާމިނަތު ޝަފާ - 11 އޯގަސްޓު 2024 - 14:57

ހަންކެޑެ ބްރިޖް

ހަންކެޑެ ބްރިޖް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖާއި އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއޫ ނިންމައި ސަރުކާރާ ހަވާލުކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވާއިރު މި ޕްރެޒެންޓޭޝަނުގައިބުނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އިތުރު 190 ހެކްޓަރުގެ ބިން އައްޑުއަށް އިތުރުކުރެވިފައިވާކަމަށެވެ. އޭގެ ތެރެއިން ހަންކެޑެއަސް 4 ހެކްޓަރުގެ ބިން އިތުރުކޮށްފައިވެއެވެ.

މި މަޝްރޫގެތަކުގެ ތެރެއިން ގައުކެޑިއާއި މަރަދޫ ގުޅަލައި ތަރައްގީކުރި ހަންކެޑެ ބުރިޖުގެ މަސައްކަތްތައް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާއިރު ޓޫރިޒަމް ފުޅާކުރުމަށް 3 ރަށެއްވަނީ ތަރައްގީކޮށްފައެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ.

tel:+9607331319