
ބީއެމްއެލްގެ ކިއުއާރް ޕޭމެންޓު ތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

އިސްމާއިލް ފާރިޝް - 06 މާރިޗު 2023 - 14:26
ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލްގެ ކިއުއާރް ޕޭމެންޓު ތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ބީއެމްއެލުން މިއަދު ބުނީ ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށްއެ ބޭންކުން އަންނަނީ ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ބޭންކުގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު، ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މާރިޗު މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ. ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން