އެވަޓާ: ދަ ވޭ އޮފް ވޯޓާ ޖޫން 7 ގައި ޑިޒްނީ ޕްލަސް ހޮޓް ސްޓަރ އަށް އަންނަނީ!
އައިޝަތު ޝާނީ - 16 މޭ 2023 - 08:51
--
ހޮލީވުޑްގެ ކާމިޔާބު ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" މި ފެށޭ ޖޫން މަހުގެ 7 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލަން ހަމަޖެހިއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ގައި ރިލީޒްކުރި އެ ފިލްމަށް 460 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ބޮކްސް އޮފީހުގައި ޖުމްލަ 2.32 ބިލިއަން ޑޮލަރު ހޯދައިފައިވެއެވެ.
"އެވަޓާ: ދަ އޮފް ވޯޓާ" އަކީ ޑައިރެކްޓަރު ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވަޓާ" ފިލްމްގެ ދެވަނަ ބައެވެ.އެވަޓާ ފިލްމްގެ ޖުމްލަ އާމްދަނީ އަކީ 2.92 ބިލިއަން ޑޮލަރެވެ.އެ ފިލްމް އުފައްދާފައިވަނީ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ފާހަގަކޮށްލެވޭގޮތުގައި އެ ފިލްމަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެކެވެ.
ޑައިރެކްޓަރު ޖޭމްސް ކެމަރޮން އަކީ ކާމިޔާބް ފިލްމް "ޓައިޓޭނިކް" ވެސް ގެނެސްދިން ޑައިރެކްޓަރުކަން ފާހަގަކޮށްލެވެއެވެ. އަދި "އެވަޓާ" ފިލްމް ސީރީސްގެ އިތުރު ތިން ފިލްމެއް ކުރިއަށް އޮތްއިރު، އެ ފިލްމުތައް ގެނެސްދޭން ހަމަޖެހިފައިވަނީ 2024، 2026 އަދި 2028 ގައިކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރާ ފިލްމްތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން