
އަހަރުގެ މިހާތަނަށް ޗައިނާއިން 1 ލައްކަ 63 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2025 - 13:14
އަހަރުގެ މިހާތަނަށް ޗައިނާއިން 1 ލައްކަ 63 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.
ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 163,370 އަށް އަރައިފިއެވެ. މިއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 13 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،195،693 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 1،092،367 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ ޗައިނާއެވެ. އެގޮތުން މިހާތަނަށް ޒިޔާތަރްކުރި ފަތުރުވެރިންގެ 13.7 އިންސައްތައަކީ ޗައިނާ ފަތުރުވެރިންނެވެ. 11.7 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ހިއްސާކުރަނީ 9.6 އިންސައްތައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަށް ބަލާއިރު:
ޗައިނާ: 163،370 ފަތުރުވެރިން
ރަޝިއާ: 139،388 ފަތުރުވެރިން
އިނގިރޭސިވިލާތް: 114،703 ފަތުރުވެރިން
އިޓަލީ: 89،832 ފަތުރުވެރިން
ޖަރމަނީ: 86،556 ފަތުރުވެރިން
އިންޑިއާ: 71،010 ފަތުރުވެރިން
އެމެރިކާ: 37،252 ފަތުރުވެރިން
ފްރާންސް: 36،238 ފަތުރުވެރިން
ސްވިޒަރލޭންޑް: 24،033 ފަތުރުވެރިން
އޮސްޓްރޭލިއާ: 23،122 ފަތުރުވެރިން
އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 ފަތުުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓްތަކުގައެވެ.
ރިސޯޓްތަކުގައި 869،932 ފަތުރުވެރިއަކު މިހާތަނަށް ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓް ހައުސްތަކުގައި 266،388 ފަތުރުވެރިއަކު ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ޖުމްލަ 1،235 ތަނަކަށް ހުއްދަ ދީފައިވާއިރު މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 65،615 އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުމެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން