
އޮސްޓްރޭލިއާގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 23 ޖުލައި 2025 - 14:45
އޮސްޓްރޭލިއާގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފިއެވެ.
އެމްއެމްޕީއަރުސީ ކޯޕަރޭޝަން އާއި އިގްނައިޓް ޓްރެވަލް ގްރޫޕްއާއި ގުޅިގެން އޮސްޓްރޭލިއާގައި ދިވެހިރާއްޖެއަކީ އެންމެ މަތީ ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރަން ވަނީ ފަށާފައެވެ.
ވިޒިޓް މޯލްޑިވްސް އިން އޮސްޓްރޭލިއާގެ މަޝްހޫރު ޑެސްޓިނޭޝަން މާކެޓިން އެންޑް ޓްރެވަލް ޑިސްޓްރިބިއުޝަން ކުންފުންޏެއް ކަމަށްވާ އިގްނައިޓް ޓްރެވަލް ގްރޫޕް (އައިޓީޖީ) އާ ގުޅިގެން އޮސްޓްރޭލިއާގެ މާކެޓުގައި އެންމެ މަތީ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މާކެޓިން ކެމްޕެއިނެއް ވަނީ ފަށައިފިއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނަކީ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށް އޮސްޓްރޭލިއާއިން ފަތުރުވެރިކަން ތަރައްގީކުރުމަށް ވިޒިޓް މޯލްޑިވްސްގެ މަގްސަދުތަކާ ސްޓްރެޓެޖިކް ގޮތުން ގުޅިފައިވާ ކެމްޕޭނެކެވެ. މިއީ އިގްނައިޓް ޓްރެވަލް ގްރޫޕްގެ ގިނަދުވަސްވީ ތަޖުރިބާ އާއި މަލްޓި ޗެނަލް އެޕްރޯޗް ބޭނުންކޮށްގެން ރާއްޖެ އަކީ ޕްރިމިއާ، އެކްސެސިބަލް އަދި އެކްސްޕެރިޝަނަލް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ފްލައިޓް ސެންޓަރާއި މައި ހޮލިޑޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް، އެ ކުންފުނީގެ ފްލެގްޝިޕް ބްރޭންޑް މައި މޯލްޑިވްސް އާއެކު، އޮސްޓްރޭލިއާގެ ޕްރީމިއަމް ފަތުރުވެރިންނަށް، ދެމަފިރިންނަށާއި ހަނީމޫންއަށް ދަތުރުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރުމަށް ފަސޭހަވެގެންދާނެއެވެ. މި ކެމްޕެއިންގައި އޮސްޓްރޭލިއާގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި ޓްރެޑިޝަނަލް ޕްރެސް ކަވަރޭޖާއި ޑިޖިޓަލް ޑިސްޕްލޭ އިޝްތިހާރުގެ ޒަރިއްޔާއިން ބައިވެރިވާ މިންވަރު އިތުރުވެގެންދާނެއެވެ.
މި ސްޓްރެޓެޖިކް ކެމްޕެއިންގެ އަމާޒަކީ ރާއްޖޭގައި ފަތުރުވެރިކަން ދަށް މޫސުމުގައި އޮސްޓްރޭލިއާގެ އައުޓްބައުންޑް މާކެޓަށް ވާސިލުވުމެވެ. އެގޮތުން، މަޑުކުރާ މުއްދަތާއި ޒިޔާރަތްކުރާ މީހުން ހަރަދުކުރާ މިންވަރު އިތުރުކުރުމަށް އިސްކަންދެވިގެންދާނެއެވެ. ހަމަމިއާއެކު، މި ކެމްޕޭނަކީ ކަޕަލްސްއާއި ލަގްޒަރީ ދަތުރުފަތުރުގެ ތަޖުރިބާ ހޯދާ އާއިލާތައް ފަދަ މުހިންމު ކަސްޓަމަރުންގެ ސެގްމެންޓްތަކަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕޭނެކެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު މާކެޓެކެވެ.
ހުސްވި ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން މިއަހަރު 20،613 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ވިޒިޓް މޯލްޑިވްސް އިން އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކުރުމަށް ތަފާތު މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދެއެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިންގެ އެންމެ މަތީ ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ކުރަމުން ގެންދާ މާކެޓިންގ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން