
ލިވަޕޫލުގެ ކުޅުންތެރިން ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު ލިވަޕޫލުން ބޯންމައުތު ބަލިކޮށްފި

ހަސަން ޝަމްއޫން - 15 އޯގަސްޓު 2025 - 21:17
އިނގިރޭސި ޕްރެމިއާ ލީގައި މިރޭ އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލައި ބޯންމައުތު ވާދަކުރި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު 4-2 ނަތީޖާއަކުން މޮޅުވެ ލިވަޕޫލުން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ލިވަޕޫލްގެ އަންފީލްޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން އެޓީމާއި ގުޅުނު ފުރާންސްގެ ފޯވާޑް ހޫގޯ އެކަޓިކޭ އެވެ. މިއީ އެޓީމުގެ އާޖެންޖީނާ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ލިވަޕޫލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެެވެ. މިލަނޑު އެކަޓިކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެވެ.
ބޯންމައުތު ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ފޯވާޑް އެންޓޮއިން ސެމެންޔޯ ކާމިޔާބުކުރިއިރު، އޭގެ 12 މިނެޓްފަހުން ސެމެންޔޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު. ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ސަލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ
2 އަހަރު ކުރިން

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
2 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
2 އަހަރު ކުރިން

ޗެލްސީ ކޯޗުވަކިކޮށް، ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން އެއްވަރު
2 އަހަރު ކުރިން