
ދިއްލީގައި ހުންނަ އަދާނީގެ މައި މަރުކަޒު/ ފޮޓޯ: ރޮއިޓަރސް
އަދާނީގެ ' ބޮޑު އަގު' ބަލައިނުގަނެވޭ ކަމަށް ލަންކާގެ ރައީސް ޑިސެނަޔަކަ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ

މުޙައްމަދު މުޝްރިފް - 18 ފެބްރުއަރީ 2025 - 04:50
ލަންކާގައި ހިންގި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކުން ވަކިވާނެކަން އަދާނީ ގްރީން އިން އިއުލާންކުރިތާ ދުވަސްތަކެއް ފަހުން ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވީ ހަކަތަ މަޝްރޫއުތަކަށް 8.26 ސެންޓުގެ "މާ ބޮޑު ޓެރިފެއް" ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ވާދަވެރި ޓެރިފްއެއްގެ މައްޗަށް ބިނާކޮށް ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާއިރު، ވަކި ކުންފުންޏަކަށް ނުވަތަ ގައުމަކަށް ލަންކާއިން އިމްތިޔާޒު ނުދޭނެ ކަމަށް ހޯމަ ދުވަހު (ފެބްރުއަރީ 17، 2025) އިންޑިއާގެ ނަން ނުކިޔާ އަދާނީ ވިދާޅުވި އެވެ.
މަޖިލީހުގައި ބަޖެޓް ތަގުރީރުގެ ތެރެއިން ޑިސެނަޔަކަ ދެއްވި ބަޔާނަކީ، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓަށް އަދާނީން ފޮނުވި ސިޓީއަށް ލަންކާގެ ފުރަތަމަ ރަސްމީ ރިއެކްޝަނެވެ. ކަރަންޓް ޔުނިޓަކަށް 4.65 ސެންޓުގެ އަގެއް ލިބެން ހުރި އިރު، ގާތްގަނޑަކަށް 8.26 ސެންޓްގެ ބޮޑު އަގަކަށް ޕްރޮޖެކްޓްތައް އެވޯޑް ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ޑިސެނަޔަކަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިނާއަތްތަކާއި އެކްސްޕޯޓަރުންނާއި ކޮންސިއުމަރުންނަށް ވާދަވެރި އަގެއްގައި ހަކަތަ ފޯރުކޮށްދިނުމަށްޓަކައި އެންމެ ކުޑަ ޓެރިފްގެ މައްޗަށް ބިނާކޮށް ހަކަތަ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާނެ ކަމަށާއި، އެއީ ހަމައެކަނި ވަކި ކުންފުންޏަށް ނުވަތަ ވަކި ގައުމަށް ބަލައިގެން އިސްކަންދޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު ވެސް ހޯމަ ދުވަހު (ފެބްރުއަރީ 17، 2025) ދަ ހިންދޫއަށް ވިދާޅުވީ އަދާނީ ގްރީން ކަރަންޓް މަޝްރޫއުން ވަކިވާން މެދުވެރިވީ ސަރުކާރަށް ބަދަލެއް އައުމުން ނޫން ކަމަށާއި ކުރީގެ ވިކްރަމަސިންހަ ސަރުކާރާ އެކު މަޝްވަރާ ކުރެވުނު "ބޮޑު ޓެރިފް" އާއި ގުޅިގެން ކަމަށެވެ. ނަމަވެސް އަދާނީ ގްރޫޕްގެ ނިންމުން ލަންކާ ސަރުކާރަށް އައީ ހައިރާންކަމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ލަންކާ ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އަދާނީ ގްރޫޕް ކުންފުނީގެ މި ނިންމުމާއި އޭގެ ސަބަބު ނޭގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓަށް އަދާނީން މިކަން އަންގައި އީމެއިލް ފޮނުވި ކަމަށާއި ސަރުކާރުން ރަސްމީ ހައިސިއްޔަތުން އަދި އެކަމާ ބެހޭގޮތުން މަޝްވަރާއެއް ނުކުރައްވާ ކަމަށް ވެސް 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މަސްކަޓްގައި ހުންނެވި މިނިސްޓަރ ހެރަތު ވިދާޅުވި އެވެ.
މަންނާރު ވިންޑްޕަވަރ ޕްރޮޖެކްޓުން އަދާނީ ވަކިވުމާ ގުޅިގެން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު ވިދާޅުވީ އަދާނީ ގްރޫޕުން އީމެއިލް މެދުވެރިކޮށް ވަކިވާން އެންގުމުން ޕްރޮޖެކްޓް އަދިވެސް ރިވިއު ކުރަމުންދާ ކަމަށެވެ.
ލަންކާގެ މަޝްހޫރު ވިޔަފާރީގެ ނޫސް ޑެއިލީ ފައިނޭންޝަލް ޓައިމްސް އިން ހޯމަ ދުވަހު ނެރުނު އެޑިޓޯރިއަލްގައި ބުނެފައި ވަނީ "އަދާނީން އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫ ދޫކޮށްލުމަކީ ލަންކާގެ ދެފުށްފެންނަ ސިޔާސަތަށް ލިބުނު ކުރިއެރުމެއް" ކަމަށެވެ.
ވައިން ހަކަތަ އުފައްދާ ނިޒާމެއް ސްރީ ލަންކާގައި ގާއިމުކޮށް އެއިން ލަންކާ ސަރުކާރަށް ކަރަންޓު ވިއްކާ ގޮތަށް އިންޑިއާގެ އަދާނީ ގްރޫޕާ އެކު ހެދި އެއްބަސްވުން އުވާލައި އަލުން މަޝްވަރާކުރަން ހުށަހެޅުމުން އެ ޕްރޮޖެކްޓު ކުރިއަށް ނުގެންދަން އަދާނީން ނިންމައި އެކަން އިއުލާން ކުރީ 13 ފެބްރުއަރީ 2025 ވީ ބުރާސްފަތި ދުވަހުގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން