
ސަލްމާންގެ ސިކަންދަރަށް ބޮޑު ތަރުޚީބެއް

އައިޝަތު އިބްރާހިމް - 30 މާރިޗު 2025 - 12:05
ސަލްމާން ޚާން އާއި ރަޝްމިކާ މަންދަނާ ފެނިގެންދާ "ސިކަންދަރު" ފިލްމަށް ބޮޑު ތަރުޚީބެއް ލިބިއްޖެއެވެ.
"ސިކަންދަރު" ފިޠްރު ޢީދާއި ސިނަމާތަކުގައި އަޅުވާނެ ކަމުގެ ވާހަކައަކީ މި ފިލްމްގެ ވާހަކަ ޢިއުލާންކުރިއިރުވެސް ބުނެފައިވާ ވާހަކައެވެ. ސަލްމާންގެ ގިނަ ފިލްމްތައް ރިލީޒްވަނީ ޢީދާ ދިމާކޮށްކަންވެސް ފާހަގަކުރެވެއެވެ.
ސަލްމާންގެމި ފިލްމް "ސިކަންދަރު" ސިނަމާތަކުގައި މިހާރު ދައްކަމުން އަންނައިރު މިއީ ބްލޮކްބާސްޓާއެއް ކަމަށް ގިނަ ބަޔަކު މިހާރުއްސުރެން ދެކެން ފަށައިފިއެވެ. ފިލްމަށް މިއަދު އެކަނިވެސް 35 ކަރޯޑް ރުޕީސް ލިބޭނެ ކަމަށް އިންޑިއާގެ ބޮލީވުޑް ޚަބަރުތައް ކަވަރު ކުރާ ޕިންކްވިލާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި ދެވަނަ ދުވަހު އެ ފިލްމަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 50 ކަރޯޑެވެ.
އެކްޝަން އެ ފިލްމު ބެލި ގިނަ ބަޔަކު ބުނަމުންދަނީ އެއީ ވަރަށް ވެސް "ސަޅި" ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ވަރަށް ކަމުދާ ކަމަށް ބުނެފައިވެއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި އެ ފިލްމަކީ "ބަޖްރަންގީ ބައިޖާން" ފަހުގައި ސަލްމާންގެ ނިކުތް އެންމެ ރީތި ފިލްމެވެ. ފިލްމާއި ބެހޭގޮތުން ވާހަކަދެއްކި ގިނަ ބަޔަކު ބުނެފައިވަނީ ސަލްމާން އާއި ރަޝްމިކާއާއި ދެމީހުންގެ ދެމެދުގައިވާ އުމުރުގެ ފަރަޤު އެއްވެސް ވަރަކަށް ނުފެންނަ ކަމަށެވެ. އަދި ފިލްމްގައި ރަޝްމިކާގެ އިތުރުން ކާޖަލް އަގަރްވާލްގެ ރޯލްވެސް ވަރަށް ކަމުދާ ކަމަށް ބުނެއެވެ.
ފިލްމާއި ގުޅޭ ގޮތުން ފިލްމް ބެލި މީހުން ބުނަނީ މިއީ ހަމަ އެއްގޮތަކަށްވެސް ނުބަލާ ދޫކޮށްލާވަރުގެފިލްމެއް ނޫނެވެ. އަދި ގިނަ ބަޔަކު ސިފަކުރަނީ މިއީ ސަލްމާގެ އެނބުރި އައުުމުގެ ގޮތުގައެވެ. އަދި ސަލްމާންގެ ސަޕޯޓަރުން ބުނަނީ މިއީ ހަމަ ވަރަށް ވަރުގަދަ އެކްޝަންތަކުގެ އިތުރުން ލޯބީގެ ރަހަތައްވެސް ހެޔޮވަރު ފިލްމެއް ކަމަށެވެ. އަދި ލަވަތައްވެސް ދޫކުރާވަރު ނުވާކަމުގައި ބުނެފައިއެވެ.
ސަލްމާން ޚާން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ވަރުގަދަ ތަރިއެވެ. ސަލްމާން ޚާން ކުޅެފައިވާ ފިލްމްތަކުގެ ޢަދަދު 100 އަށްވުރެ މައްޗަށް އަރާއިރު ގިނަ ފިލްމުތަށް ވަނީ ބޮކްސް އޮފީހުގެ ރިކޯޑް މުގުރާލާފައެވެ.
ސަލްމާން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކެޓްރީނާ ކައިފްއާއެކު ކުޅެފައިވާ "ޓައިގާ 3" ގައެވެ. އެއީ 2024 ނޮވެމްބަރުގައެވެ. އަދި އޭގެ އިތުރުން ޝާހް ރުކް ޙާންގެ ފިލްމު "ޕަޠާން"ގައި ވެސް ސަލްމާން ވަނީ ޚާއްޞަފެނިލުމެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިތުރު ހިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަނުން އައު ވެބްސައިޓް އިފްތިތާހްކޮށްފޮ
37 މިނިޓު ކުރިން

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދަށް!
4 ގަޑިއިރު ކުރިން

އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލައިފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


