
ރާއްޖޭގައި ބޭނުންކުރާ އިންޑިޔާގެ ހެލިކޮޕްޓަރެއް
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަނެއްކާވެސް އިއުލާނުކޮށްފި

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 06:31
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ފަށަން އިއުލާނުކޮށް އެ ޙިދުމަތް ފޯރުކޮށްދޭނެ ބަޔަކު ސަރުކާރުން ހޯދަން އިއުލާނުކޮށްފައިވަނީ ސިއްޙީ ގޮތުން އަވަސް ޙިދުމަތެއް ފޯރުކޮށްދިނުމަށްޓަކަ އެވެ.
މި ޕްރޮޖެކްޓަކީ ޖިއޮގްރެފީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން ކުއްލި ހާލަތުގައި ދަތުރުފަތުރު ކުރާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުން ފަސޭހަ ކުރުމަށްޓަކައި ހިންގާ ޕްރޮޖެކްޓެއްކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެ އެވެ.
މިއީ މި ޙިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ތިންވަނަ ފަހަރަށް ކުރި އިއުލާނުކަން ފާހަގަކޮށްލެވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކޮޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފައެވެ.
އޭގެފަހުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފައެވެ.
މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމުން، މި ސަރުކާރުން ވެރިކަމަށް އައީ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި ކުރަނީ
7 ގަޑިއިރު ކުރިން

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެއްވެސް ބަޔަކަށް ނުދޭނަން: ޑރ.ޙަލީލް
7 ގަޑިއިރު ކުރިން

ރާއްޖެ ނާދެވިފައި ތިބި 50 އުމުރާވެރިން ގެނައުމުގެ މަސައްކަތް ފަށައިފިން: ޝަހީމް
7 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)