logo
ފުލުހުންގެ އިވެންޓެއްގެ ތެރެއިން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ އިވެންޓެއްގެ ތެރެއިން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

"އެކުވެރި ފުލުހުންގެ ހަރަކާތް'' މުޅި ރާއްޖޭގައި ހިންގަން ނިންމައިފި

profile

އައިޝަތު އިބްރާހިމް - 27 އޮކްޓޯބަރު 2025 - 10:17

ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން '’އެކުވެރި ފުލުހުންގެ ހަރަކާތް'' މުޅި ރާއްޖޭގައި ހިންގަން ނިންމައިފިއެވެ.

https://wamco.com.mv/

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހެވެ.

މި މަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އެއް ހަރަކާތަކީ '’އެކުވެރި ފުލުހުންގެ ހަރަކާތް'' ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއްކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެގޮތުން މިހަރަކާތް އޮކްޓޫބަރު 25 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ނިންމާފައިކަމުގައި ބުނެފައިވެއެވެ. މި ހަރަކާތް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ. މި ހަރަކާތުގައި ކުދިބޮޑު އެންމެންނާއި ބިދޭސީން ވެސް ހިމެނޭގޮތަށް މައުލޫމާތު ދިނުމުގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ.

View post on Twitter

އެގޮތުން، ސައިބަރ ކްރައިމްގެ ބާވަތްތަކާއި އޭގެ ނުރައްކާތެރިކަން އަންގައިދިނުމާއި، އިންޓަނެޓް އަދި މީސްމީޑިއާ ރައްކާތެރިކަމާއެކު ބޭނުންކުރުުމުގެ މުހިންމުކަން އޮޅުންފިލުވައިދިނުމަށް މައުލޫމާތު ދެމުން ގެންދާނެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި އަމިއްލަ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުވާންޖެހޭ ކަންކަން އަންގައިދިނުމުގެ އިތުރުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި ރިޕޯޓުކުރާނެ ގޮތްތައް ކިޔައިދެމުންދާނެއެވެ.

އަދި އޮންލައިން ގަނާއާއި ފުރައްސާރައިން ކުޑަކުދިން ރައްކާތެރިކުރުމަށް މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި، ސްކޫލުތަކުގެ އެސެމްބްލީގައި ދަރިވަރުންނަށް މައުލޫމާތު ދިނުމާއި އެކި އުމުރުފުރާގެ ދަރިވަރުން ހިމެނޭހެން މައުލޫމާތު ދިނުމުގެ ސެޝަންތައް ސްކޫލު ތަކުގައި ކުރިއަށް ގެންދެއެވެ. އަދި ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އިދާރާތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ގޭބިސީތަކާއި ރަށްރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނި ބުނެފައެވެ.

މީގެ އިތުރުން، ސައިބަރ ކްރައިމްއިން ރައްކާތެރިވުމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ބޯޑުތަކާއެކު ފޮޓޯ ނެގުމާއި ލީފްލެޓް ބެހުމުގެ އިތުރުން މީސް މީޑިއާގައި ބޭނުންކުރާ އެޕްތަކުގެ ސެކިއުރިޓީ ފީޗާސް ވަރުގަދަކުރުމަށާއި ރަނގަޅު ޕާސްވޯޑެއް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދެމުންދާނެ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk