logo

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮއްސި

profile

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 11:28

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮއްސިއެވެ.

https://wamco.com.mv/

މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ވަނީ ގޮސްފައެވެ.

މޯލްޑިވްސް ހައްޖު މިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި ހުރިހާ ހައްޖާޖީން މިވަގުތު ތިބީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި އަރަފާތު ބިމުގައެވެ.

ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ހާޒިރުވުމަކީ ހައްޖުގެ އެންމެ ބޮޑު ރުކުން ކަމަށްވާއިރު، އެ ވަގުތަށް އެ ބިމަށް ނުދެވޭ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.

އަރަފާތުގައި މަޑުކުރުމަށްފަހު ހައްޖުވެރިން ދެން ދަތުރުކުރާނީ މުޒްދަލިފާއަށް ރޭކުރުމަށެވެ.

އެއަށްފަހު، ޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މިނާގައި ރޭކުރުމަށްފަހު ތިން ޖަމްރާއަށް ހިލައުކުމަށްފަހު، ހައްޖުވެރިން ދެން އަދާކުރާނީ ތަވާފުލް އިފާޟާއާއި، ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު ސައުޔުކުރުމުގެ މަތިވެރި އަޅުކަމެވެ. ހައްޖުގެ އެންމެ ފަހު ކަމެއްގެ ގޮތުން ކުރިއަށްދާނީ ވަދާއުގެ ތަވާފުކޮށް އަޅުކަން ނިންމާލުމެވެ.

މި ފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންވެސް ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk