logo

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދު!

profile

އާމިނަތު ޝަޒްލާ - 26 މޭ 2026 - 11:31

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް މިއަދު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ބުނެފިއެވެ.

https://wamco.com.mv/

އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން ހުޅުމާލެ ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ވަނީ އިއުލާންގައިބުނެފައެވެ.

ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމަންޓްތައް ހަދައި، މަރާމާތަށްފަހު އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާކަމެއް ކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓެއް ހެދުމަށްފަހު، މަރާމާތުގެ މަސައްކަތް ނިމި، އާންމުންނަށް ބޭނުންކުރެވޭ ފަދަ ރައްކާތެރި ހާލަތަކަށް ގެނައުމުން ނޫނީ އެތަން އަލުން ނުހުޅުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އެޗްޑީސީން ނުބުނެ އެވެ. ހުޅުމާލެ ލަކުޑި ޖެޓީއަކީ ސަފާރީތަކުގެ މީހުންނާއި ހުޅުމާލެ ބަނދަރުން ފުރާ މީހުން ބޭނުންކުރާ ތަނެކެވެ.

އެޗްޑީސީން ވަނީ އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދިފައެވެ. އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެޗްޑީސީއަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk