
ހުޅުމީދޫގައި އެކްސްރޭ އާއި ފިޒިއޮތަރަޕީގެ ހިދުމަތް އަލުން ފަށައިފި

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 11:32
އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި މެދުކެނޑިފައި އޮތް އެކްސްރޭ އާއި ފިޒިއޮތެރަޕީގެ ޚިދުމަތް އަލުން ފަށައިފިއެވެ.
އެ މަރުކަޒުން ހާމަކުރި ގޮތުގައި، މި ދެ ޚިދުމަތަކީވެސް ދާއިމީކޮށް ލިބޭނެ ޚިދުމަތްތަކެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދާއިމީ ރޭޑިއޯގްރާފަރަކު އައްޔަންކުރުމާ ގުޅިގެން، ބަލިމީހުންނަށް އިތުބާރު ހުރި ގޮތެއްގައި މެދުނުކެނޑި އެކްސްރޭގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ފަހިވެފައެވެ. މީގެ އިތުރުން، ތަޖުރިބާކާރު ފިޒިއޮތެރަޕިސްޓެއްގެ ބެލުމުގެ ދަށުން ރިހެބިލިޓޭޝަން އަދި ރިކަވަރީގެ ޚިދުމަތްތައްވެސް ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.
އައްޑޫގެ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫގެ ސިއްޙީ މަރުކަޒަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސްޕެޝަލިސްޓް ޑޮކްޓަރުން ކޮންމެ ހަފުތާއަކު ޒިޔާރަތްކޮށް، ފަރުވާގެ ޚިދުމަތް ދެމުންގެންދާ މަރުކަޒެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުވާ މީހާ އެހެން މައްސަލައެއްގަ ބަންދަށް!
2 ގަޑިއިރު ކުރިން

މެއި މަހުގެ މުސާރަ ދޭނީ މި މަހުގެ 28 އަދި 31 ގައި: ފިނޭންސް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދު!
2 ގަޑިއިރު ކުރިން

ބަނގުރަލުގެ ވަގު ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)