
ބަނގުރަލުގެ ވަގު ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 26 މޭ 2026 - 11:31
ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އުމުރުން 25 އަހަރުގެ އެމްޑީ ފަޒްލީ ރަބީ އާއި، 36 އަހަރުގެ އެމްޑީ ޝަހަޖަން ސަވަލްއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސަފާރީއެއް ބަލައިފާސްކޮށްފައެވެ.
މި މެއި މަހުގެ 24 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން4.43 ގުރާމް) ފެނިފައިވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމީދޫގައި އެކްސްރޭ އާއި ފިޒިއޮތަރަޕީގެ ހިދުމަތް އަލުން ފަށައިފި
2 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުވާ މީހާ އެހެން މައްސަލައެއްގަ ބަންދަށް!
2 ގަޑިއިރު ކުރިން

މެއި މަހުގެ މުސާރަ ދޭނީ މި މަހުގެ 28 އަދި 31 ގައި: ފިނޭންސް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދު!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)