logo

ރައީސުލްޖުމްހޫރިއްޔާ ހައްޖު ދުވަހު ދިވެހި ރައްޔިތުންނަށް ސަވާބާއި ދަރުމައަށް އެދި ދުއާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 06:10

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހައްޖު ދުވަހު ދިވެހި ރައްޔިތުންނަށް ސަވާބާއި ދަރުމައަށް އެދި ދުއާ ދަންނަވައިފިއެވެ.

https://wamco.com.mv/

އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި އެމަނިކުފާނު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ.

އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.

ޙައްޖު ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

މިއަދަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާގެ ކައުބަތުﷲ ގެފުޅަށް ހައްޖަށް ދިޔަ އެންމެހައި ހައްޖާޖީން މިއަދު އަރަފާތު ބިމަށް ޖަމާވާނެއެވެ.

މިއަދުގެ ހެނދުނުން ފެށިގެން އިރު އޮއްސުމާއި ހަމައަށް ހައްޖުވެރިން އަރަފާތު ބިމުގައި އަޅުކަން ކުރާނެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާގެ މައްކާއަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk