logo
ފިލިޕީންސް އާއި ދެކޮޅަށް ދިވެހި ޓީމު ރަށުން ބޭރުގައި ކުޅެނީ..

ފިލިޕީންސް އާއި ދެކޮޅަށް ދިވެހި ޓީމު ރަށުން ބޭރުގައި ކުޅެނީ..

ރާއްޖެ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ

profile

ހަސަން ޝަމްއޫން - 16 ނޮވެމްބަރު 2025 - 09:06

2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގުރޫޕް އޭގައި ރާއްޖެ އާއި ފިލިޕިންސް ވާދަކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

https://wamco.com.mv/

އަންނަ އަންގާރަ ދުވަހު ގައުމީ ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ދިވެހި ޓީމު ކުޅޭ ކޮލިފައިން މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާއިރު، ގޮނޑިބަރީގެ ޓިކެޓް 100 ރުފިޔާއަށް ވިއްކާއިރު، ސިޑިބަރީގެ ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ފިލިޕިންސްއާ ދެކޮޅަށް އަންގާރަ ދުވަހު ނިކުންނައިރު، މި ދެ ޓީމުން ފިލިޕީންސްގެ ނިއު ކްލާކް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފިލިޕީންސް އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އޭގައި ކޮންމެ ޓީމަކުން ވެސް ހަތަރު މެޗު ކުޅެފައިވާއިރު، 10 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ލަނޑުގެ ތަފާތުން މިވަގުތު އޮތީ ފިލިޕީންސް އެވެ. އަދި ދެވަނައިގައި އޮތް ތަޖިކިސްޓާނަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ދިވެހި ޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay