logo
ރާއްޖެއާއި ތުރުކުމެނިސްތާން ވާދަކުރި މެޗުގެ ތެރެއިން..

ރާއްޖެއާއި ތުރުކުމެނިސްތާން ވާދަކުރި މެޗުގެ ތެރެއިން..

ތަފާތުބޮޑު ނަތީޖާއަކުން ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

profile

ހަސަން ޝަމްއޫން - 25 ނޮވެމްބަރު 2025 - 05:23

17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމާ ދެކޮޅަށް ތުރުކުމެނިސްތާނުން ކުޅުނު މެޗު ފަސޭހަ ކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކު ތުރުކުމެނިސްތާނުން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މޮންގޯލިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ތުރުކުމެނިސްތާނުގެ ފުރަތަމަ މެޗުގައި ކުވެއިތު އަތުން އެޓީމު ބަލިވީ ވެސް 1-0 ގެ ނަތީޖާއަކުންނެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޗޮންބުރި ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މި މެޗުގައި ތުރުކުމެނިސްތާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ތުރުކުމެނިސްތާނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫފް އެފްގައި ރާއްޖޭއާއެކު ދެން ހިމެނެނީ ކޮލިފައިންގެ މެޗުތައް ކުރިއަށްދާ ގައުމު ތައިލެންޑާއި، ކުވައިތު އަދި ތުރުކުމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ.

މިނަތީޖާއެކު ގުރޫޕްގެ އެއްވަނައިގައި ލަނޑުގެ ތަފާތުން ތުރުކުމެނިސްތާން އޮތްއިރު، ރާއްޖެ މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ. އަދި ކޮލިފައިންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ކޮލިފައިން ކުރިއަށްދާ ގައުމު ކަމަށްވާ ތައިލޭންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ކުވައިތާ ދެކޮޅަށް ދިވެހި ޓީމު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަަނަ ދުވަހެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay