logo
ހައިކޮމިޝަނަރސް ކަޕް ފެއްޓުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން..

ހައިކޮމިޝަނަރސް ކަޕް ފެއްޓުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން..

"ހައިކޮމިޝަނަރސް ކަޕް"ގެ ނަމުގައި ދިވެހިންނަށް ޚާއްސަކޮށްގެން މެލޭޝިއާގައި ކުޅިވަރު މުބާރާތްތަކެއް ކުރިއަށްދަނީ

profile

ހަސަން ޝަމްއޫން - 20 ނޮވެމްބަރު 2025 - 14:58

"ހައިކޮމިޝަނަރސް ކަޕް"ގެ ނަމުގައި ދިވެހިން ޚާއްސަކޮށްގެން މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

https://wamco.com.mv/

އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ބެޑްމިންޓަން މުބާރާތެއް ފަށާފައިވާއިރު، މުބާރާތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނާ އަހުމަދު ތޮލާލް އެވެ. އަދި މިރަސް މިއްޔާތުގައި ދިވެހިރާއްޖެ އިން މެލޭޝިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާގެ އިތުރުން އަލްފާޞިލް އަހުމަދު ލަތީފު (ސީވީޑް ލަތީފު) އަދި ޑރ. ހުސެއިން ހަލީމް (ކުޑަ ހުސެން) ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިޔާތުގައި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ދިވެހި ކޮމިއުނިޓީއާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ކުޅިވަރާއި އެއްބައިވަންތަކަމާއި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވައިލެއްވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެ އިން މެލޭޝިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

އެގޮތުން ސަރުކާރުން އިފްތިތާހު ކުރައްވާފައިވާ "ދުޅަހެޔޮ ޖީލެއް އެންމެ އެކުގައި - ހަށިހެޔޮ ރާއްޖެ" މި ޝިއާރުގެ ދަށުން ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖެއިން ބޭރިގައި ދިރިއުޅުނު ނަމަވެސް އެންމެ އެކުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ހައިކޮމިޝަނަރސް ކަޕް" މިހަރަކާތުގައި ކުރިއަށް ހުރި މުބާރާތްތަކުގެ ތެރޭގައި ބާސެކްޓް ބޯޅަ، ބަށި، ފުޓްސަލް އަދި ހޭންޑްބޯޅައިގެ އިތުރުން މެރަތޮން އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay