
މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025.. ފޮޓޯ: އިމޭޖަސް
44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ

ހަސަން ޝަމްއޫން - 01 މޭ 2025 - 10:21
ސޮކާ ވެޓަރަންސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ "12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025" 44 ޓީމާއެކު މިއަދު ފަށައިފިއެވެ.
މިމުބާރާތަކީ ރާއްޖެގައި ހިންގާ ފުޓްބޯޅަ އެކަޑަމީ ތަކުގައި ތަމްރީނުވާ ކުޅުންތެރިން ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2022 ވަނަ އަހަރު ސޮކާ ވެޓަރަންސް އިން ބާއްވަން ފެށި މުބާރާތެއްކެވެ.
އެގޮތުން 2022 ވަނަ އަހަރުގެ މުބާރަތުގައި 12 ޓީމަކުން ބައިވެރިވިއިރު، 2023 ވަނަ އަހަރު މިމުބާރާތުގައި 24 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި 2024 ވަނަ އަހަރު 24 އެކަޑަމީއަކުން 40 ޓީމު ބައިވެރިވިއިރު، ޖުމްލަ 216 ވަނީ ކުޅެފައެވެ. އަދި މިއަހަރުގެ މުބާރާތުގައި 26 އެކަޑަމީ އަކުން 44 ހަތަރު ޓީމު ވަނީ ބައިވެރިވެފައެވެ.
1 މެއި 2025 އިން 3 މެއި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 44 ޓީމު 10 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުގެ އިތުރުން 10 ގުރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ
މީގެ އިތުރުން ކޮންމެ ޓީމެއްގައި 18 ކުޅުންތެރިން ހިމެނޭއިރު، މިއަހަރުގެ މުބާރާތުގައި 772 ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. އެގޮތުން ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މުބާރާތް ކުރިއަށްދަނީ ހަތަރު ދަނޑެއްގައި އެއްފަހަރާ ދެމެޗު ކުޅޭގޮތަށެވެ. ދެ ދަނޑުގައި ކޮންމެ ޓީމަކުން 14 ކުޅުންތެރިން އެއްފަހަރާ ކުޅޭގޮތަށެވެ. އެގޮތުން ގުރައުންޑް އޭގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް 3 ޕޮއިންޓް ލިބޭއިރު، ގުރައުންޑް ބީގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ދެ ޕޮއިންޓް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
22 ދުވަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
18 ދުވަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
15 ދުވަސް ކުރިން

ޕޮލިސް ބަލިކޮށް ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ކުލަބު ވެމްކޯ އިން ހޯދައިފި
15 ދުވަސް ކުރިން