logo
ޕޮލިސް ކުލަބުގެ ކުޅުންތެރިން ލީގު ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ޕޮލިސް ކުލަބުގެ ކުޅުންތެރިން ލީގު ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި

profile

ހަސަން ޝަމްއޫން - 28 އޭޕްރީލު 2025 - 07:50

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު ލީގުބުރު ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެންޕިއަން ކުލަބު ވެމްކޯ 3-2 ގެ ނަތީޖާއަކުން ބަލިކޮށް ޕޮލިސް ކުލަބުން ލީގު ޗެންޕިއަންކަން ހޯދައިފިއެވެ.

https://wamco.com.mv/

ލީގު ބުރުގައި ޕޮލިސް ކުލަބު ކުޅުނު ފަސް މެޗުން ވެސް އެޓީމު މޮޅުވެ ފައިވާއިރު، ވެމްކޯ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު ދެ މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހު ވާދަކޮށްފައިވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައެވެ. އެމެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ވެމްކޯ އިންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. އެގޮތުން ފުރަތަމަ ސެޓް 26-24 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ވެމްކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ސެޓް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ ތިންވަނަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ވެމްކޯ ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅުނު ފަސްވަނަ ސެޓް ފަސޭހަކަމާއެކު 10-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ލީގުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އާމިނަތު އަރީޝާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ މަރިޔަމް ރިޝްފާ ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ޕޮލިސް ކުލަބުގެ ގްރާޒިއޭލޭ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޕޮލިސް ޓީމުގެ މުނާ މުނީރެވެ.

ލީގުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ ޕޮލިސް ކުލަބުގެ އަރީޝާ އާއި ކުލަބު ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އޮޕޮސިޓް ޕްލޭޔަރަކަށް ފްލެކްސާގެ ފާތިމަތު ސަމްހާ ހޮވުނު އިރު، މިޑްލް ބްލޮކަރުނަނަށް ހޮވުނީ ޕޮލިސް ކުލަބުގެ މަރިޔަމް އަޒުމާ އާއި ކުލަބު ވެމްކޯގެ ނަރީމާ އިދުރީސް އެވެ. އެންމެ މޮޅު ސެޓަރަކީ ކުލަބު ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރެވެ. އަދި ލިބަރޯ އަކީ އެޓީމުގެ ނުހާ ވަހީދެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay