
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރިޟްވާން މޫސާ - 06 ޖޫން 2026 - 05:03
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މި އިންތިހާބުގައި ޖުމްލަ 7 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.
އެގޮތުން އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ޖުމްލަ ފަސް ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު މި ދާޢިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓު ލުމަށްޓަކައި ވަނީ ދަރުމަވަންތަ ސްކޫލުގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 4121 މީހުން ތިބި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެ އެވެ.
މިދާއިރާގެ ވޯޓުފޮށިތައް ބަހައްޓާފައިވާ ތަންތަނަކީ:
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ދެކުނު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު މެދު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 1
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 2
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.
އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
19 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)