
މަރްހޫމް ޢަބްދުﷲ ޝަރީފްގެ އާއިލާއަށް ރައީސް ޑރ މުއިއްޒު ތައުޒިޔާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 11:06
ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމް އަދާކުރެއްވި ، ލ. ދަނބިދޫ ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން އިހްލާސްތެރި ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި އަބްދުﷲ ޝަރީފް އަކީ ލ. ދަނބިދޫގެ ކަތީބުކަމުގެ އިތުރުން، ހިންގުމުގެ ދާއިރާގެ އެކި މަގާމުތަކުގައި ދިގު މުއްދަތަކަށް ވަރުބަލިކަމެއް ނެތި ހިދުމަތްކުރެއްވި ހީވާގި ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މަރުޙޫމްގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙްމަތާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުއާ ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
23 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)