logo

ކެނެޑާއިން ގާޒާ އަށް އަނެއްކާވެސް އިތުރު 100 މިލިއަން ޑޮލަރު ޙަރަދުކުރަނީ

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 18:37

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެ ކަމަށް ކެނެޑާއިން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

މީގެ ކުރިން ވެސް ކެނެޑާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގިނަ އަދަދެއްގެ ފައިސާ ރެޑްކެރެސެންޓް މެދުވެރިކޮށް ފޮނުވާފަ އެވެ.

ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލައި ފަރަންސޭސިވިލާތުން ޔަހޫދީންނާއެކު ބޭއްވި “ޕެރިސް ކޯލްސް ފޮރ ޓޫ ސްޓޭޓް ސޮލިއުޝަން” ބައްދަލުވުމުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ދޭނެ ކަމަށް ކެނެޑާގެ ފަރާތުން އިޢުލާނުކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދްއެވެ.

ކެނެޑާއިން ފަލަސްތީނަށް އެހީތެރިވުމަށް ޙަރަދު ކުރާ މިފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް މެދުވެރިކޮށެވެ.

ފައިސާ ޚަރަދުކުރާނީ ކުއްލި ޙާލަތުގައި ދޭން ޖެހޭ ޞިއްޙީ ފަރުވާ ދިނުމަށާއި ކާބޯތަކެއްޗާއި ބޯފެން ފޯޜުކޮށްދިނުމަށާއި ބޯހިޔާވަހިކަމަށާއި ޢާންމުންނަށް ރައްކާތެރިކަން ދިނުމަށެވެ. އޭގެ އިތުރުން ކާނާގައި އެކުލެވިގެންވާ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ބައިތައް ފޯރުކޮށްދިނުމަށާއި ސާފުތާހިރު މާހައުލެއް ޤާއިމްކޮށް ނަރުދަމާގެ މަސައްކަތްތައް ކުރުމަށް ވެސް މި ފައިސާ ބޭނުންކުރާނެއެވެ.

އިތުރަށް ޚަރަދުކުރާނެ ކަމަށް ކެނެޑާއިން އިޢުލާނުކޮށްފައިވާ ޢަދަދާއެކު ކެނެޑާއިން ފަލަސްޠީނަށް ޚަރަދުކުރާ ޖުމްލަ ޢަދަދު ވަނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk