logo

ކާމިޔާބު ކަމާއެކު ތިނަދޫ ހޮސްޕިޓަލުން ރަހިމުގެ ސާޖަރީއެއް ކޮށްފި!

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 18:36

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ސާޖަރީއެއް ކޮށްފިއެވެ.

https://wamco.com.mv/

މި ސާޖަރީއަކީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ކޭމްޕެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ސާރޖަރީއެކެވެ. މި ކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.

މި އޮޕަރޭޝަންގައި ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސާޖިކަލް ކޭމްޕުގައި، އެންމެ އިސްކޮށް ހުންނެވީ ޑރ. ޢުބައިދު ޢަބްދުﷲ އެވެ. މީގެ އިތުރުން މި ޓީމުގައި ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދުގެ އިތުރުން ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މިންނެތް މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk