
މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް

ރިޟްވާން މޫސާ - 13 ޖޫން 2026 - 18:36
ދ.މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންޝް ކޮމިޝަނުން ކޮށްފައިވަނީ ފުރިހަމައަށް ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއިން ވިދާޅުވެއްޖެއެވެ.
މި އިންތިޚާބުގައި 985 މީހުން ވަނީ ވޯޓުލާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ، 449 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމްއަށް 529 ވޯޓު ވަނީ ލިބިފައެވެ.
އިންތިޚާބުގެ ކަންކަމާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން 2026ގައި ދ. މީދޫގައި ވޯޓުލީ ދެ މަރުކަޒަކާއި، މާލޭ ސިޓީގައި ވޯޓުލީ މަރުކަޒުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާދިޔަގޮތް އެ ކޮމިޝަނުން އޮބްޒާރވްކޮށްފައިވާ ކަމަށެވެ.
އެކޮމިޝަނުން ވިދާޅުވީ، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަގޮތް އެ ކޮމިޝަނުން ބަލާފައިވާނެ ކަމަަށެވެ.
މީދޫ ކައުންސިލްގެ ރައީސް މަޤާމަށް އަލަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވެސް ކިއުއްވާފަ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހިމްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ވޯޓު ދެއްވި އެދާއިރާގެ ރައްޔިތުންނާއި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާއްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަންގުޝަން ވަހުގެ ހާލަތުން ތިނަދޫ ޕަބްލިކް ހެލްތް ޙިދުމަތް ހުއްޓާލައިފި: މުވައްޒަފުންވެސް ބޭރުގައި!
15 މިނިޓު ކުރިން

ރަސްމާލެ މަޝްރޫއު ހުއްޓުވަން އެންމެން ނުކުމެ މި އަޑު ފަތުރަންޖެހޭ: އިމްރާން
2 ގަޑިއިރު ކުރިން

ޖިންސީ އަނިޔާ ލިބުނު މީހުންގެ މައުލޫމާތު އާންމު ނުކުރަން އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި
15 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިސްރާއީލް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްލާމީ 4 ގައުމަކުން ގޮވާލައިފި
21 ގަޑިއިރު ކުރިން


