
ޕެންޝަން އޮފީހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން
ޕެންޝަން އޮފީހުގެ ސީއީއޯ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރިޟްވާން މޫސާ - 13 ޖޫން 2026 - 16:06
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމަށް ސީއޯއޯ އަކު އައްޔަން ކުރަން މީގެ ކުރިން ވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް މިދިޔަ މެއި މަހު ތަސްދީޤުކުރި ޕެންޝަނާ ބެހޭ ޤާނޫނުގެ ހަވަނަ އިސްލާޙާއި ގުޅިގެން އެ މަޤާމަށް އަލުން މިވަނީ ކުރިމަތިލާން ހުޅުވާލާފައެވެ.
ޕެންޝަން އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އަލަށް އައްޔަންކުރާ ސީއީއޯގެ މައިގަނޑު މަސްއޫލިޔަތަކީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވުމެވެ. މިއީ، އެ މުއައްސަސާއަށް އަންނަމުންދާ މުހިންމު ބަދަލުތަކާއެކު، އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އެ އޮފީހުން ފާހަގަކުރެއެވެ.
މީގެ އިތުރުން ޤާނޫނީ ބަދަލުތައް ތަންފީޒުކޮށް، މުއައްސަސާގެ އިދާރީ ހިންގުމުގެ ޒިންމާތައް އުފުއްލެވުމަށް ސީއީއޯ އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތް ހެދުމަށް ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ، މިދިޔަ މަހުގެ ތެރޭގައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކެނެޑާއިން ގާޒާ އަށް އަނެއްކާވެސް އިތުރު 100 މިލިއަން ޑޮލަރު ޙަރަދުކުރަނީ
16 މިނިޓު ކުރިން

ކާމިޔާބު ކަމާއެކު ތިނަދޫ ހޮސްޕިޓަލުން ރަހިމުގެ ސާޖަރީއެއް ކޮށްފި!
17 މިނިޓު ކުރިން

މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް
17 މިނިޓު ކުރިން
ފަތުރުވެރިންނަށް ރައްކާތެރިކަންދީ "ސަމްޕާ" ސަރަހައްދު ފުލުހުން ބަލަހައްޓަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)