"ސަމްޕާ" ސަރަހައްދު ފުލުހުން މެދުވެރިކޮށް ބެލެެހެއްޓުން ހަވާލުކުރުމުން ފުލުހުން ހަރަކާތްތެރިވަނީ
ފަތުރުވެރިންނަށް ރައްކާތެރިކަންދީ "ސަމްޕާ" ސަރަހައްދު ފުލުހުން ބަލަހައްޓަނީ

ރިޟްވާން މޫސާ - 13 ޖޫން 2026 - 16:06
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، "ސަމްޕާ" ސަރަޙައްދު ފުލުހުން މެދުވެރިކޮށް ބަލަހައްޓަން ފަށާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަންޕާ" މި މަޝްރޫޢުގެ އަމާޒަކީ ފަތުރުވެރިން މެނޭޖު ކުރުމާއި، ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރު ކުރުމާއި، ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމުމަށް އެހީތެރިވެދީ، ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ.
ފަތުރުވެރިޔަކު ސްނޯކްލިންގ ގައި
މި މަޝްރޫޢުގެ ދަށުން، ސަންޕާ ނުވަތަ ދެކުނު އަރިއަތޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނަށް ބޭނުންވާ މޮނިޓަރިންގ އަދި މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.
"ޓެކް-ފޯ-ނޭޗަރ" މަޝްރޫޢުގެ ދަށުން، މި ސަރަޙައްދު ބަލަހައްޓާ ރޭންޖަރުންނަށް ޑިޖިޓަލްކޮށް އެ ސަރަހައްދު ބަލައިލާ އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ހިތްގައިމު މަންޒަރެއް!
މި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އެ ސަރަހައްދުގެ މަޢުލޫމާތު އެއްކުރުމާއި، މުޢާމަލާތްކުރުން ހަރުދަނާވެ، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނާއި، ދިރުންތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް މަގުފަހިވެ، އައި.ޔޫ.ސީ.އެންގެ "ގްރީން ލިސްޓް"އަށް މި ސަރަޙައްދު ހޮވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތުތައް ލިބިގެންދާނެ އެވެ.
"ސަމްޕާ" ސަރަހައްދު ފުލުހުން މެދުވެރިކޮށް ބެލެެހެއްޓުން ހަވާލުކުރުމުން ފުލުހުން ހަރަކާތްތެރިވަނީ
ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" ސަރަހައްދަކީ، އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ.
މި ސަރަޙައްދަށް ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. ސަރަޙައްދު ބޮޑުވުމާއި، އެތަނަށް ވަދެ ނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް މި ސަރަޙައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ސަރަހައްދަށް ވަންނަ އުޅަނދަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށްވުމާއި، ރަޖިސްޓްރީކޮށްފައިވާ ގައިޑެއްގެ އެހީތެރިކަން ހޯދުމާއި، އެ ސަރަޙައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ވަގުތު 'ލައިވް ލޮކޭޝަން' ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ދިދަ ބޭނުން ކުރުމާއި، މިމަހުގެ 30ގެ ކުރިން އުޅަނދުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށް ވަނީ އެދިފައެވެ.
"ސަމްޕާ" ސަރަހައްދު ފުލުހުން މެދުވެރިކޮށް ބެލެެހެއްޓުން ހަވާލުކުރުމުން ފުލުހުން ހަރަކާތްތެރިވަނީ
މީގެ އިތުރުން، މޫދުގައި ހަރަކާތްތެރިވާއިރު ކަނޑައެޅިފައިވާ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރެއްވުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ، ފުލުހުން މެދުވެރިކޮށް މި ސަރަހައްދު ބަލަހައްޓައި ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ކެނެޑާއިން ގާޒާ އަށް އަނެއްކާވެސް އިތުރު 100 މިލިއަން ޑޮލަރު ޙަރަދުކުރަނީ
14 މިނިޓު ކުރިން

ކާމިޔާބު ކަމާއެކު ތިނަދޫ ހޮސްޕިޓަލުން ރަހިމުގެ ސާޖަރީއެއް ކޮށްފި!
15 މިނިޓު ކުރިން

މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް
15 މިނިޓު ކުރިން

ޕެންޝަން އޮފީހުގެ ސީއީއޯ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)